07 ނޮވެމްބަރ 2016
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ސަރުކާރުން ދެއްވައިފި
ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 128 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ.
 
03 ނޮވެމްބަރ 2016
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފުލިދޫގައި ބާއްވައިފި
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފެލިދެ އަތޮޅު ފުލިދޫގައި މިއަދު ބާއްވައިފިއެވެ. މިޖަލްސާ އޮތީ ވ. އަތޮޅު މަދުރަސާގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމުދެކެލޯބިވާ ޒިންމާދާރު ރައްޔިތެއް އުފެއްދުމަށްޓަކައި އެދަރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ އޮތް އިންދަންޖެހޭ ކަމަށާއި އަޅުގަނޑުމެންގެ މުޅިވެށްޓަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިބަހާއި އާދަކާދަތަކާއި ސަގާފަތަށް އަހުލުވެރި ވެއްޓަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ މިކަންކަން ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ކިޔާ ބަލައި އެއިން ޢިބުރަތް ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
 
02 ނޮވެމްބަރ 2016
ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި
"އުންމީދު- ފަހި މާދަމާ" ޕްރޮގްރާމްގެ ބައިވެރިންގެ ބެލެނިވެރިންނަށް ހިންގި ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދިނުމުގެ ރަސްމިއްޔާތު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މިއަދު ބާއްވައިފިއެވެ.
 
20 އޮކްޓޯބަރ 2016
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވައިފި
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމީޓީގެ އިންތިޚާބު ބާއްވައިފިއެވެ. މިއިންތިޚާބަކީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާ އެކުލާވާލައްވާފައިވާ ވަގުތީ ކޮމިޓީން ބޭއްވި އިންތިޚާބެކެވެ.
 
13 އޮކްޓޯބަރ 2016
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން ބާއްވައިފި
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ބާއްވައިފިއެވެ. އެމްބީއޭގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އަހްމަދު އާދަމް (ކ.