Ministry of Home Affairs

07 އޯގަސްޓް 2016
7 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވައިފި
7 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބާއްވައިިފިއެވެ. މިބައްދަލުވުންބޭއްވުނީ 04 އޮގަސްޓް 2016 ވަނަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ.
 
03 އޯގަސްޓް 2016
ހަތް ވަނަ ސާރކް އިންޓީރިއާ ހޯމް މިނިސްޓަރުންގެ އަދި ސެކްރެޓޭރިއަޓުންގެ ބައްދަލުވުން ފަށައިފި
ހަތް ވަނަ ސާރކް އިންޓީރިއާ ހޯމް މިނިސްޓަރުން އަދި ސެކްރެޓޭރިއަޓުންގެ ބައްދަލުވުން މިއަދު، ސެރީނާ ހޮޓެލް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ފަށައިގެން ކުރިއަށް އެބަދެއެވެ. މި ބައްދަލުވުންތައް ކުރިއަށް ދާނީ މިއަދާއި މާދަމައެވެ.
 
03 އޯގަސްޓް 2016
އެޗް އާރު އޯޑިޓް ކުރުމުގެ މަސައްކަތާއި ގުޅޭ ބައްދަލުވުމެއް ބާއްވައިފި
ހިއުމަން ރިސޯސް އޮޑިޓް (އެޗް.އާރު އޯޑިޓް) ކުރުމުގެ މަސައްކަތާއި ގުޅޭ ބައްދަލު ވުމެއް ސިވިލް ސަރވިސް އާއި އެކު މިމިނިސްޓްރީގައި ބާއްވާއިފިއެވެ. މިބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން، ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވޭ މިއޯޑިޓްގެ މައިގަނޑު މަޤްސަދަކީ ސިވިލް ސަރވިސްގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެއިދާރާއަކަށް ކަނޑައަޅާފައިވާ މެންޑޭޓް ހާސިލް ކުރެވޭ މިންވަރަށްތޯ ބެލުމަށާއި އަދި، މުވައްޒަފު ވަޒީފާއަދާ ކުރަނީ އެމުވައްޒަފަކު ތަޢުލީމު ޙާސިލް ކޮށްފައިވާ ދާއިރާއަކުންތޯ ބެލުމާއި އެހެން ނޫން ނަމަ އެ މުވައްޒަފަކާ ގުޅޭދާއިރާއަކީ ކޮބައިތޯ ބެލުމަށެވެ.
 
03 އޯގަސްޓް 2016
ހޯމް މިނިސްޓަރ ކަމުގެ މަޤާމަށް ޢަޒްލީން ހަމަޖައްސަވައިފި
މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަޤާމަށް އަލްފާލިޟް ޢަޒްލީން އަޙުމަދު ހަމަޖައްސަވައިފިއެވެ. ޢަޒްލީން ކުރިން ހުންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ޑެޕިއުޓީ މިނިސްޓަރ ކަމުގެ މަޤާމުގައެވެ.....
 
30 ޖުލައި 2016
ވިއްސާރަވުމުން ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް މާދަމާރެއަށް ފަސްކޮށްފި
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓްއެލާޓް ނެރުމާއި ގުޅިގެން މާދަމާރެއަށް ފަސްކޮށްފިއެވެ.