25 އޭޕްރީލް 2016
ޗައިނާ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ލިއު ގިއާންގ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އުޅޭ ޗައިނާ ރައްޔިތުންނަށް ހިމާޔަތް ދިނުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
 
24 އޭޕްރީލް 2016
އީރާނުގެ ސަފީރު ހޯމް މިނިސްޓަރ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
އީރާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޒައިރީ އަމިރާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިނިސްޓްރީީ އޮފް ހޯމްއެފެއާޒުގައެވެ.
 
14 އޭޕްރީލް 2016
ހޯމް މިނިސްޓްރީގައި ބަހުގެ ދުވަސް ފާހަގަ ކޮށްފި
މިނިސްޓްރީ އޮފްހޯމް އެފެއާޒް ގައި މިއަދު ހެނދުނު ދިވެހި ބަހުގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިގޮތުން ޚާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. މިއެސެމްބަލީގައި ހޯމް މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރ އަދި ޑެޕީއުޓީ މިނިސްޓަރުންގެ އިތުރަށް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.
 
13 އޭޕްރީލް 2016
ހޯމް މިނިސްޓަރ ދި ޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންފި
ދި ޓީވީ އިން ކުރިއަށްގެންދާ ޙަބަރުތެއިން ޕްރޮގްރާމްގައި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަވީރު ނޫހަށް ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުން ވިދާޅުވީ ހަވީރުނޫހަކީ އޭގެޒާތުގައި ތެދު މަޢުލޫމާތު "ރިއަލް ޓައިމްގައި" ގެނެސްދޭ ނޫހެއް ކަމަށާއި އެންމެ ބޮޑު އަރުޝީފެއް އޮތް އަދި ރައްޔިތުންގެ އެންމެ މަގުބޫލުކަން ލިބަފައިވާ ނޫސް ކަމުން މިނޫސް ހުއްޓިފައި އޮތުންވަނީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށް ހުސްކަމެއްކަމަކަށެވެ.
 
12 އޭޕްރީލް 2016
އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ އާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި
އޮސްޓޭލިއާގެ ހައިކޮމިޝަނަރ ބްރައިސް ޑޭވިޑް ހަޗިންސަން އާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ. މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކިވެފައިވަނީ ރާއްޖޭގެ ކުށުގެ މާޙައުލު އޮތް ގޮތާ ގުޅޭ ގޮތުންނާއި ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިމަތިވާ ނުރައްކަލާ ގުޅޭ ގޮތުންނާއި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް ގޮތުގެ މައްޗަށެވެ.