09 މާރޗް 2016
ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މިމިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި
ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މާރޗް 6 ން 10 ށް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާޙިމް ހަމީދާއި މިނިސްޓްރީގެ ސިވިކް އެޑިއުކޭޝަން އެންޑް ކޮމިއުނިޓީ ޕާޓްނާރޝިޕް ސެކްޝަނުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
 
08 މާރޗް 2016
ހާކްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި
ހޯމްއެފެއާޒު ރެކްރިއޭޝަން ކްލަބް (ހާކް) ގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ފާހަގަކޮށްފިއެވެ. އެގޮތުން މިދުވަހާއި ގުޅޭގޮތުން ކޭކުފެޅުމާއި އަދި އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ފިނިފެންމަލަކާއެކު ކާޑެއް ހަދިޔާކުރުންވެސް އޮތެވެ.
 
07 މާރޗް 2016
މިމިނިސްޓްރީގައި މިހާރު ބޭނުން ކުރަމުންދާ އެޗް.އާރު ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ
މިމިނިސްޓްރީގައި މިހާރު ބޭނުން ކުރަމުންދާ އެޗް.އާރު ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ސެޝަންތަކެއް 07 މާރިޗް 2016 ވާ ހޯމަ ދުވަހުން ފެށިގެން 10 މާރިޗު 2016 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 13:00 ން 14:00 ށް މިމިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.
 
03 މާރޗް 2016
ހޯމް މިނިސްޓަރ އަލިފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ރ. އަލިފުށީ ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީީ އަލިފުށީގައި ކުޑަކުދިންގެ ޕާރކެއް ހެދުމަށާއި އަލިފުށީ ކައުންސިލް އޮފީސް ބޮޑުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމާ ގުޅޭ ގޮތުންނާއި އަލިފުށީ ބޯޓް ޔާރޑްގެ މަސައްކަތް އަލުން ހިންގަން ފެށުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުންނެވެ.
 
03 މާރޗް 2016
މޯބައިލް ނަމްބަރ ޕޯޓަރބިލިޓީ ހޯމްމިނިސްޓަރ އިފްތިތާޙްކޮށް ދެއްވައިފި
މޯބައިލް ފޯނުގެ ނަމްބަރ ބަދަލުނުކޮށް ކޮންމެ އޮޕަރޭޓަރެއްގެ ޚިދުމަތަށް ބަދަލުވެވޭ ޚިދުމަތް އިފްތިތާޙްކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ.