10 މެއި 2018
ޖުމްހޫރީ ފަންސާހާއި ގުޅޭ ކުޑަކުދިންގެ ހަވީރު މިއަންނަ ހޮނިހިރު ދުވަހުގެ ހަވީރު އޮންނާނެ
ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްގެ ހިދުމަތަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ބާއްވާ ކުދަކުދިންގެ ހަވީރެއް 12 މޭ 2018 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
 
05 މެއި 2018
ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ލ. ގަމުގައި ފަށައިފި
ިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ލ. ގަމުގައި ފަށައިފިއެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.
 
05 މެއި 2018
"ޒިންމާދާރު މީޑިއާ" ބައްދަލުވުން ލ. ގަމުގައި ފަށައިފި
"ޒިންމާދާރު މީޑިއާ" ގެ ނަމުގައި ބައްދަލުވުމެއް ލ. ގަމުގައި ފަށައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމްކޮށްގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕް އިފްތިތާޙްކޮށްދެއްވީ ޑެޕިއުޓި މިނިސްޓަރ މޫސާ ފަތުހީއެވެ.
 
18 އޭޕްރީލް 2018
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި
މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރީޓީ އާދަމް ޝަރީފް ޢުމަރުއެވެ. މިޖަލްސާގައި ޝަރަފުވެރި މެހްމާން އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެކެއް ފެބްރުއަރީގެ ހާދިސާއާއި އަލިރަސްގެފާނު ޝަހީދުކޮށްލި ހާދިސާއާ މާބޮޑު ތަފާތެއްނެތް ކަން ފާހަގަކުރައްވާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތުޢަމަލީގެ ސަބަބުން ޤައުމު ސަލާމާތްކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ، އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ މަސައްކަތް ކުރެއްވިގޮތަށް ކަމަށް ވިދާޅުވިއެވެ.
 
15 އޭޕްރީލް 2018
ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އިންސްޕެކްޝަން ކުރުމުގެ ދަތުރެއް ކޮށްފި
ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓު އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އެންމެ ފަހުގެ އިންސްޕެކްޝަން ހަދައި ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރުމުގެ ގޮތުން މިމަހުގެ 12 އިން 15 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރެއްކޮށްފިއެވެ.