08 އޭޕްރީލް 2018
ސިވިލް ސަރވިސް މުވައްވަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފިދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފިއެވެ.
05 އޭޕްރީލް 2018
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް ނ. މަނަދޫގައި ބާއްވަން ހަމަޖެހިއްޖެޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް މަނަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިބައްދަލުވުމަކީ ސާކް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ ކޮމިޔުނިޓީ އީ-ސެންޓަރ ޕްރޮޖެކްޓް "އެމްޕަވަރިންގ ރޫރަލް ކޮމިޔުނިޓީސް – ރީޗިންގ ދަ އަންރީޗްޑް" މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
01 އޭޕްރީލް 2018
"ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ބާއްވައިފިދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ހދ. ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މިފޯރަމް ބޭއްވުނީ މާޗްމަހުގެ 30 ން 31 އަށެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއަ ފޯރަމެކެވެ.
28 މާރޗް 2018
"ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ބާއްވަނީދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް އޮންނާނީ މިމަހުގެ 30 ން 31 އަށެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.