29 މެއި 2016
މީދޫ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ދ. މީދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައިފިއެވެ. މިއަދު ހަވީރު ދ. މީދޫގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދްމަތް ފަށައި، ފުލުހުން ތިބޭގޮތަށް ހަމަޖައްސަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައެވެ.
 
26 މެއި 2016
ސައިރިކްސް ކޮލެޖްގެ ކޮންވޮކޭޝަން ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރ
ސައިރިކްސް ކޮލެޖްގެ 2016 ވަނަ އަހަރުގެ ކޮންވޮކޭޝަން ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ. މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި މިޙަފްލާއަކީ އެކޮލެޖްގެ އެކިއެކި ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓްދިނުމާއި އެކި ކޯސްތަކުން މަތީވަނަތައް ލިބުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތެވެ.
 
26 މެއި 2016
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ގޮތުން ބ. އަތޮޅުގައި ވޯކްޝޮޕެއް ކުރިއަށް އެބަދޭ
މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ޒިންމާދާރު ރައްޔިތުން ބިނާކުރުމާއި ބެހޭގޮތުން ވޯކްޝޮޕެއް ބ. އަތޮޅުގައި ކުރިއަށް އެބަގެންދެއެވެ. މިމަހުގެ 25 ން 26 ށް ކުރިއަށް ގެންދާ މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނެވެ.
 
24 މެއި 2016
ޔޫރަޕިއަން ޔޫނިއަން އެމްބަސެޑަރ ހޯމް މިނިސްޓަރއާއި ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޔޫނިއަން އެމްބެސެޑަރ ޓު މޯލްޑިވްސް މރ. ޑޭވިޑް ޑެލީއާއި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަން އޮތް މިންވަރާ މެދު އީޔޫ ސަފީރު ސުވާލު ކުރެއްވިއެވެ.
 
23 މެއި 2016
ހޯމް މިނިސްޓަރ އުނގޫފާރު ކައުންސިލާއި މީދޫ ކައުންސިލްއާއި ބައްދަލުކުރައްވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ރ. އުނގޫފާރު ކައުންސިލްގެ ރައީސް އިބްރާހީމް އަންވަރާއި ރ. މީދޫ ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.