26 އޯގަސްޓް 2016
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް މުޙައްމަދު ޙައްސާނު ހޮވިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް މުޙައްމަދު ޙައްސާން ހޮވިއްޖެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި މިއަދު ބޭއްވި މިއިންތިޚާބުގައި ވާދަކުރެއްވީ 2 ކެނޑިޑޭޓުންނެވެ.....
 
25 އޯގަސްޓް 2016
ޔޫ.އެން.ޑީ.ޕީގެ ބޭފުޅުންނާ ރަޖިސްޓްރާރ ބައްދަލުކުރައްވައިފި
ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ ޔޫސުފް ޢަބްދުލްޣަފޫރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
 
25 އޯގަސްޓް 2016
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓްލުން މާދަމާ އޮންނާނެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ އާންމު މެންބަރުންގެ ތެރެއިން މެންބަރުކަމުގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓުލުން 2016 އޯގަސްޓް 26 ވާ ހުކުރުު ދުވަހު 16:00 ން 17:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.
 
24 އޯގަސްޓް 2016
ހޯމް މިނިސްޓަރ އިނގުރައިދޫ ކައުންސިލާއި ބައްދަލުކުރައްވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް އަޒްލީން އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމަކީ އެރަށު ޕޮލިސް ސްޓޭޝަން ހިންގަމުން އަންނަ ރައްޔިތުން ޢިމާރާތުގެ އެއްބަސްވުން އަންނަ ސެޕްޓެމްބަރު މަހު މުއްދަތު ހަމަވާތީއާއި ކައުންސިލް އިދާރާގައި ކަތުރުފަނި އަޅާ އިމާރާތް ބޭނުންނުކުރެވޭ ޙާލަތުގައިވާތީ މިކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ގޮތުންނެވެ.
 
24 އޯގަސްޓް 2016
ޖަމްޢިއްޔާތަކުގެ ގަވާއިދަށް 2 ވަނަ އިޞްލާހު ގެނައުމުގެ ގަވާޢިދު ގެޒެޓްކޮށްފި
ގަވާއިދު ނަމްބަރ: 2016/R-180 (ޖަމްޢިއްޔާތަކުގެ ގަވާއިދު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ގަވާއިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ. އިޞްލާހުގެނެވުނު މާއްދާތަކަކީ ގަވާއިދުގެ 16 ވަނަ މާއްދާއަށް (ރ) (ބ) އަދި (ޅ) އިތިރުކުރުމާއި ގަވާއިދުގެ 47 ވަނަ މާއްދާ (ޖަމްޢިއްޔާ ހިންގުމަށް އިތުރު ފުރުޞަތު ނުދިނުން) މިމާއްދާ އުނިކުރުމާއި މިމާއްދާ އުނިކުރުމުން ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ގަވާއިދު މާއްދާތަކުގެ ނަމްބަރު ތަރުތީބުކުރުމެވެ.