12 ޑިސެމްބަރ 2016
މީޑިއާ ކައުންސިލްއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު އޮންނާނެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު ހަމަވެފައިވާތީ މިކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ. މިއަދު 16:15 ން 17:15 ށް ބާއްވާ ވޯޓުލުމުގައި 86 ފަރާތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
 
24 ނޮވެމްބަރ 2016
މީޑިއާ ކައުންސިލްގެ އިންތިޚާބު ޑިސެމްބަރ ދެ ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2016 ޑިސެމްބަރު 02 ވަނަ ދުވަހު ހަވީރު 16:15 ން 17:15 ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ގައި އޮންނާނެއެވެ.
 
15 ނޮވެމްބަރ 2016
ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢުގައި ސޮއިކުރުން ބާއްވައިފި
ހއ. ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢު ފިޔަވަހި 1 ގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ބާއްވައިފިއެވެ. މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ.
 
08 ނޮވެމްބަރ 2016
ހޯމް މިނިސްޓަރ ވިލިގިނލި ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު ހުވަދުއަތޮޅު އުތުރުބުރި ވިލިގިނލި ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރާ ރަށެއްގެ ގޮތުގައި ގއ.
 
07 ނޮވެމްބަރ 2016
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ސަރުކާރުން ދެއްވައިފި
ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 128 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ.