15 އޭޕްރީލް 2018
ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އިންސްޕެކްޝަން ކުރުމުގެ ދަތުރެއް ކޮށްފި
ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓު އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އެންމެ ފަހުގެ އިންސްޕެކްޝަން ހަދައި ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރުމުގެ ގޮތުން މިމަހުގެ 12 އިން 15 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރެއްކޮށްފިއެވެ.
 
15 އޭޕްރީލް 2018
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި
މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ނާއިބު ރައީސް އަލްފާޟިލް ޢަބުދުﷲ ޖިހާދުއެވެ. ޖަލްސާގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ވާހަކަފުޅުދައްކަވާނެއެވެ.
 
12 އޭޕްރީލް 2018
"ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ގެ ނަމުގައި ބަހުސެއް ބާއްވައިފި
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ އަހަރު ކަމަށްވާތީ، ޖުމްހޫރީ ފަންސާހާއި ގުޅުވައިގެން މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި "ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ރޭ ބާއްވައިފިއެވެ.
 
08 އޭޕްރީލް 2018
ސިވިލް ސަރވިސް މުވައްވަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފި
ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފިއެވެ.
 
05 އޭޕްރީލް 2018
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް ނ. މަނަދޫގައި ބާއްވަން ހަމަޖެހިއްޖެ
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް މަނަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިބައްދަލުވުމަކީ ސާކް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ ކޮމިޔުނިޓީ އީ-ސެންޓަރ ޕްރޮޖެކްޓް "އެމްޕަވަރިންގ ރޫރަލް ކޮމިޔުނިޓީސް – ރީޗިންގ ދަ އަންރީޗްޑް" މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.