22 ނޮވެމްބަރ 2017
އެންޑީއޭގެ ފަރާތުން އެއިދާރާގެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއް ހޯމްމިނިސްޓްރީގެ މުވައްޒަފުންނަށް ބާއްވައިފި
ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން އެއިދާރާއިން ކުރަމުން ގެންދާ މަސައްކަތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް މިއަދު ބާއްވައިފިއެވެ. މިސެޝަނުގައި މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ޑްރަގް އެޑިޔުކޭޝަނާއި ޑްރަގު އެޖެންސީގެ ފަރުވާގެ ނިޒާމާއި އަދި ލިބެންހުރި ފަރުވާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނެވެ.
 
20 ނޮވެމްބަރ 2017
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ޖަލްސާއެއް ބާއްވައިފި
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމު ޤައުމާމުޚާޠަބު ކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.
 
19 ނޮވެމްބަރ 2017
ޤައުމީ ދުވަހުގެ ޕްރޮގްރާމްތައް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ކުރިއަށް އެބަދޭ
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ކުރިއަށް ގެންދާ ޕްރޮގްރަމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ރަސްމިއްޔާތައް ފެށިގެން ދިޔައީ ރޭ 8:00 ގައި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.
 
19 ނޮވެމްބަރ 2017
މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭގައި ބޭއްވުނީ ޖުމްހޫރީ މައިދާނުގައެވެ. ރައްޖޭގެ މީހުން ދިރިއުޅޭ އެހެނިހެން ރަށް ރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިމާރާތެއްގައެވެ.
 
16 ނޮވެމްބަރ 2017
މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާ ފަސްވެއްޖެ
މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ، މޫސުން ގޯސްވުމާ ގުޅިގެން މިރޭ ނުބާއްވާގޮތަށް ނިންމައިފިއެވެ. މި ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 17ވަނަ ދުވަހުގެ ރޭ 8:45 ގައި ހެންވޭރު ކާނިވާ ސަރަހައްދުގައެވެ.