26 ނޮވެމްބަރ 2017
ޖުމްހޫރީ 50 ގެ ލޯގޯ އެކެއް ޖަނަވަރީން ފެށިގެން ބޭނުންކުރުމަށް ސަރުކާރުން ނިންމަވައިފިޖުމްހޫރީ 50 ގެ ލޯގޯ 1 ޖަނަވަރީން 2018 ފެށިގެން ބޭނުންކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. 2018 ވަނަ އަހަރަކީ، ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ އަހަރުކަމަށްވުމާއެކު ޖުމްހޫރީ ފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ލޯގޯ 1 ޖަނަވަރީ 2018 ން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެންނެވުމަށް ނެރެފައެވެ.
23 ނޮވެމްބަރ 2017
ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއެްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިމިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޕާމަނަންޓް ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއެްގައި ސްރީލަންކާއަށް މިއަދު ފުރާ ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ޔޫ.އެން.އޯ.ޑީ.ސީގެ އެހީތެރިކަމާއެކު ސައުތު އޭޝިޔާ ރީޖަންގައި، ރީޖަނަލް ކްރިމިނަލް އިންޓެލިޖެންސް ޝެއަރިންގ ސެންޓަރއެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ހައިލެވެލް މީޓިންގ އޮފް ޕާމަނަންޓް ސެކްރެޓަރީސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.