26 ފެބްރުއަރީ 2019
ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރައްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެ
ޤާނޫނުއަސާސީ ކުރަހާދޭ ތަސައްވަރާ އެއްމިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުޞޫލުން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރައްވާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
 
24 ފެބްރުއަރީ 2019
ޖަމްއިއްޔާތަކުގެ ވިއުގަ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިއަދު އިފްތިޠާހުކޮށްދެއްވައިފި
ޖަމްޢިއްޔާތަކުގެ ވިއުގަ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު އިފްތިޠާހުކޮށްދެއްވައިފިއެވެ. ރާއްޖޭގެ ހުރިހާ ޖަމްއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގައެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
 
23 ފެބްރުއަރީ 2019
އުގެނޭ އެއްޗެއް ހަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިލްޠިމާސްކުރައްވައިފި
އެއްޗެއް އުގެނުމަށްފަހު އެއެއްޗެއް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭންގުމަކީ އެ އުގޭނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
 
23 ފެބްރުއަރީ 2019
ޒުވާނުންނާއި މީޑިއާ ވޯކްޝޮޕްގެ ދެވަނަ ދުވަހުގެ ސެޝަންތައް ފަށައިފި
ޒުވާނުންނާއި މީޑިއާ މިނަމުގައި ހއ. ހޯރަފުށީގައި ކުރިއަށްގެންދާ ވޯކްޝޮޕްގެ ދެވަނަ ދުވަހުގެ ސެޝަންތައް ފަށައިފިއެވެ. މިގޮތުން މިއަދު ފުރަތަމަ ކުރިއަށް ގެންދެވު ސެޝަނަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ހޭލުންތެރިކުރުމުގެ ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
 
22 ފެބްރުއަރީ 2019
ޔޫތް ލީޑަރސް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބުދުﷲ އިފްޠިތާހުކޮށްދެއްވައިފި
ޔޫތް ލީޑަރސް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތުބައްދަލުވުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބުދުﷲ މިއަދު ހއ.ހޯރަފުށީގައި އިފްޠިތާހުކޮށްދެއްވައިފިއެވެ. ހއ.އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ މިމަސައްކަތުގައި ބައްދަލުވުން ކުރިއަށްގެންދަނީ ޒުވާނުންނާއި މީޑިޔާ، މިޝިޢާރުގެ ދަށުންނެވެ.