21 ޑިސެމްބަރ 2018
ޖަމްޢިއްޔާތަކުގެ ރެޖިސްޓްރާރގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ) ގެ 39 ވަނަ މާއްދާގެ (ށ) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަމްޢިއްޔާގެ ރެޖިސްޓްރާރ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޒީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޢައްޔަންކުރައްވާފައެވެ.
 
20 ޑިސެމްބަރ 2018
ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ޚާއްޞަ ޙަފްލާ މިރޭ އޮންނާނެ
ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޙަފްލާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މިޙަފްލާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. މަރްހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ.
 
19 ޑިސެމްބަރ 2018
ޖަލުތަކުގެ އޯޑިޓް ކޮމިޝަނާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ހެދުމާއިގުޅޭ ކޮމިޝަނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ މިއަދު ބައްދަލުކުރައްވައިފިއެވެ. 7 މެންބަރުންގެ މައްޗަށް ހިމެނޭ މިކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމްއެވެ.
 
19 ޑިސެމްބަރ 2018
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެންބަރުންނާ މޯލްޑިވްސް ޕޮލިސްސަރވިސްގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައިފި
ިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެންބަރުންނާ މޯލްޑިވްސް ޕޮލިސްސަރވިސްއާއެކު ބައްދަލުވުމެއް ބާއްވާފައިވިއެވެ. ހޯމްމިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުވުމަކީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަކާއި ގުޅިގެން ކަމާގުޅޭދާއިރާތަކާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
 
18 ޑިސެމްބަރ 2018
މިއަދު 7 ނޫސްމަޖައްލާ ރަޖިސްޓްރީކޮށްފި
މޯޑިވްސް މީޑިއާ ކައުންސިލް އިންތިޚާބާއި ގުޅިގެން މިއަހަރުގެ ނޮވެމްބަރުމަހުން ފެށިގެން ނޫސްމަޖައްލާ ރަޖިސްޓްރީކޮށްދިނުން ހުއްޓިފައި އޮތުމަށްފަހު މިއަދު 7 ނޫސްމަޖައްލާއެއް މިނިސްޓްރީން ރަޖިސްޓްރީކޮށްދީފިއެވެ. ރަޖިސްޓްރީކޮށްދީފައިވާ އޮންލައިން ނޫސްތަކަކީ ހޯރައޮންލައިން(hoara.