24 މެއި 2012
މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ތެރޭގައި ހިމެނޭ "ޒިންމާދާރު ރައްޔިތުން" ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތައް ތައްޔާރުވުމުގެ މަސައްކަތް ފެށިއްޖެ
މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ދަށުން “ޒިންމާދާރު ރައްޔިތުން” ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން، ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތް ކަމުގައިވާ “ޢާއިލީ ހަވީރު” ބޭއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމާބެހޭ އޮފީސްތަކާ ގުޅިގެން ކުރިޔަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
 
24 މެއި 2012
ގައުމީ އިދާރާތައް އުވާލުމާއި ގުޅިގެން އެ އިދާރާތަކުންނާއި ޔުނިޓް ތަކުން ކުރަމުން އައި މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމުގެ
ގައުމީ އިދާރާތައް އުވާލުމާއި ގުޅިގެން އެ އިދާރާތަކުންނާއި ޔުނިޓް ތަކުން ކުރަމުން އައި މަސައްކަތްތައް ރަށު ކައުން ސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރާ ދެމެދު ވެވޭ އާންމު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ.