13 ސެޕްޓެމްބަރ 2012
ސާކް ހޯމްމިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވާ ވަފުދުތައް ސެޕްޓެމްބަރ 22 ގައި އަންނަން ފަށާނެ
މިމަހުގެ 24 ން 26 އަށް ރާއްޖޭގައި އޮންނަ ސާކް ހޯމްމިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވާ ސާކްގެ ގައުމުތަކުގެ ވަފުދުތައް މިމަހުގެ 22 ގައި ރާއްޖެ އަންނަން ފަށާނެއެވެ. ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ފުރަތަމަ އޮންނާނީ ސާކް އިމިގްރޭޝަން އޮތޯރިޓީގެ ބައްދަލުވުމެވެ.
 
10 ސެޕްޓެމްބަރ 2012
މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވައިފި
މިއަހަރުގެމިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވައިފިއެވެ.  މިރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަޙީދު ޙަސަން މަނިކެވެ.
 
09 ސެޕްޓެމްބަރ 2012
މިނިވަން ދުވަހުގެ ކުޅިވަރުތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށްފަހު މިރޭ ބާއްވާގޮތަށް ހަމަޖެހިއްޖެ

މިއަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުގެކުޅިވަރު ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށް މިރޭ (2012 ސެޕްޓެމްބަރ 9 ވާ އާދީއްތަ ދުވަހުގެރޭ) ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

 
05 ސެޕްޓެމްބަރ 2012
މިނިވަން ދުވަހުގެ ކުޅިވަރުތައް ހޮނިހިރު ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިއަހަރު މިނިވަން ދުވަހުގެމުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުކުޅިވަރު ހަރަކާތްތަކެއް ރޯދަމަހާ ދިމާވުމާގުޅިގެން ފަސްކުރުމަށްފަހު އަންނަ  ހޮނިހިރު ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެދަނޑުހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.
 
28 އޯގަސްޓް 2012
ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދާ ސަލާމަތްކުރުމަށް އެލް.ޖީ.އޭ ގެ ރައީސް ގޮވާލައްވައިފި

ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދަލާ، ރަށުގެ އަމާންއަމާންކަން ދެމެހެއްޓުމަށް އެދި އެލް.ޖީ.އޭ ގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ.މުޙަންމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.