19 ނޮވެމްބަރ 2012
މަދަނީ ތަޢުލީމުގެ ޤައުމީ ކެންޕޭންގެ ދަށުން ކ. ތުލުސްދޫ ގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ.
މަދަނީ ތަޢުލީމުގެ ޤައުމީ ކެންޕޭންގެ ދަށުން "އަމާން ރަށްވެހިކަން، ރައްޔިތުންނަށް ގޮވުން" މި ޝިޔާރުގެ ދަށުން ނޮވެމްބަރ 22 ން 23 ށް ކ. ތުލުސްދޫ ގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ މަގުސަދަކީ ކުށްމަދު އަމާން ވެއްޓެއް ދިވެހިރާއްޖެގައި ޤާއިމުކުރުމެވެ.
 
19 ނޮވެމްބަރ 2012
ކްލަބް ޖަމްޢިއްޔާ ތަކުގެ ޤައުމީ މަހާސިންތާ ބާއްވާ ތާރީޙް ކަޑައެޅިއްޖެ
ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން، "ރަށުގެ ތަރައްޤީއަށްޓަަކައި ކްލަބް ޖަމްޢިއްޔާތައް" މިޝިޔާރުގެ ދަށުން ޤައުމީ މަހާސިންތާއެއް ބާއްވާނެ ތާރީޚެއް ކަޑައެލިއްޖެއެވެ. މިމަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ނޮވެމްބަރ 25 ން 28 ށް ރ.
 
06 ނޮވެމްބަރ 2012
ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ޕްރޮގްރާމްގެ 8 ވަނަ ބުރު ފެށިއްޖެ
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމްގެ 8 ވަނަ ބުރު ކ. ތުލުސްދޫގައި ފެށިއްޖެއެވެ. މިޓްރޭނިންގ ޕްރޮގްރާމްގައި ކ. އަދި ވ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުންނާއި މެޖިސްޓްރޭޓު ކޯޓުތަކުންނާއި ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުތަކުންނާއި ޖުވެނައިލް ކޯޓުންނާއި މުޅިއެކު 30 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
 
18 އޮކްޓޯބަރ 2012
ހޯމްމިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަޙުމަދު ސިންގަޕޫރަށް ފުރާވަޑައިގެންފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފިއެވެ. މިމަހުގެ 17 ން 20 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގެ މަޤްޞަދަކީ ސިންގަޕޫރުގެ ޖަލުތަކުގެ ނިޒާމް މެނޭޖްކުރާ ގޮތާއި ޕެރޯލް ޕްރޮގްރާމްގެ ތަޖްރިބާ ރާއްޖެއާއި ހިއްސާކުރުމެވެ.
 
14 އޮކްޓޯބަރ 2012
ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ޕްރޮގްރާމްގެ 7 ވަނަ ބުރު ފެށިއްޖެ
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމްގެ 7 ވަނަ ބުރު މިއަދު އދ. މަހިބަދޫގައި ފެށިއްޖެއެވެ. މިޓްރޭނިންގ ޕްރޮގްރާމްގައި އއ. އަދި އދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުންނާއި މެޖިސްޓްރޭޓު ކޯޓުތަކުންނާއި ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުތަކުންނާއި ޖުވެނައިލް ކޯޓުންނާއި 4 ސްކޫލަކުން މުޅިއެކު 26 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.