02 ޖެނުއަރީ 2019
ޖަލުތަކުގެ މައްސަލަތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ މީޑިއާތަކަށް މަޢުލޫމާތު ދެއްވައިފި
ޖަލުތަކުގެ މައްސަލަތަކާގުޅޭ ގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވައިފިއެވެ. އެމަނިކުފާނު ދެއްވި މަޢުލޫމާތު ތަކުގެ ތެރޭގައި ހަފްތާގެ ބަންދުދުވަސްތައް ނުހިމަނައި އެހެން ހުރިހާ ދުވަސްތަކުގައި ކަނޑައެޅޭ އުސޫލުތަކުގެ ތެރެއިން ފަސޭހަކަމާއެކުގައި، ވަކީލުންނަށް ގައިދީންނާއި ބައްދަލުކުރެވޭނެގޮތް މިއަދުން ފެށިގެން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
 
02 ޖެނުއަރީ 2019
އެހީލިބުނު ބައެއް ޖަމްޢިއްޔާތަކަކާއެކު ހޯމްމިނިސްޓްރީން ސޮއިކޮށްފި
2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޖަމްއިއްޔާތަކަށްދެވޭ ފައިސާގެ އެހީލިބުނު ބައެއް ޖަމްޢިއްޔާތަކަކާއެކު އެގްރީމެންޓްގައި ސޮއިކޮށްފިއެވެ. ސޮއިކުރެވުނު ޖަމްޢިއްޔާތަކަކީ ކްލަބް ސެވަން ސްޓާސް، ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް، ޖަމްއިއްޔަތުލް ފަލާހު އަދި ކްލަބްޔަންގް ސްޓަރސްއެވެ.
 
27 ޑިސެމްބަރ 2018
މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއެއް ބޭއްވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި މިބައްދަލުވުމަކީ، މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެމްބަރުން ހޯދާ، ކުންފުނިތަކަށް ދަޢުވަތުދީގެން އެއްތަނަކުން ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ފަނޑްހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކަމާގުޅޭ މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.
 
27 ޑިސެމްބަރ 2018
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބާއްވައިފި
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބާއްވައިފިއެވެ. މިޖަލްސާ ބޭއްވުނީ ޑިސެންބަރު 26 ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ. ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
 
25 ޑިސެމްބަރ 2018
މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖައްސަވައިފި
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ރ. ދުވާފަރުގައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ. ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.