17 ފެބްރުއަރީ 2013
ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމެއް ފެށިއްޖެ.
ޕްރިޒަން އޮފިސަލުންނަށް އަމާޒުކޮށްގެން، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމެއް ކ. މާފުށީގައި ފެށިއްޖެއެވެ. މިމިނިސްޓްރީގެ ޖެވެނައިލް ޖަސްޓިސް ޔުނިޓާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަންއާއި ގުޅިގެން މިހިނގާ ފެބްރުއަރީ މަހުގެ 17 ން 20 ށް ހިންގާ ޓްރޭނިންގައި، ބަންދުގައިތިބޭ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތެއް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެކުދިން އަނބުރާ މުޖްތަމަޢަށް ގެނުއުމާބެހޭ ގޮތުން ތަމްރީނު ދެވޭނެއެވެ.
 
14 ފެބްރުއަރީ 2013
ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިންވަންކަމުގެ ޤާނޫނަށް އަޙުލުވެރިކުރުމުގެ ބައްދަލުވުން އިފްތިތާޙްކޮށްފި
ހޯމް އެފެއަރޒް އަލްފާޟިލް މުޙަންމަދު ފަޔާޟް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް (އައިލްސް) ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ފެށުނު ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އަޙުލުވެރިކުރުމުގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
 
12 ފެބްރުއަރީ 2013
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފި
މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މާލޭގެ ސްކޫލްތައް ގުޅިގެން ބޭއްވުނު ޖަލްސާ 2 ރަބީޢުލްއާޚިރު 1434، 12 ފެބްރުއަރީ 2013 ވަނަ ދުވަހު ބޭއްވުނެވެ.
 
10 ފެބްރުއަރީ 2013
ހޯމްމިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރ ސްރީލަންކާ އަށް ރަސްމީތަދުރުފުޅެއް ކުރައްވައިފި
ކުށްކުރާ ކުޑަކުދިން ކުށުގެ މާޙައުލުން ސަލާމަތްކޮށް، އެކުދިންނަށް އެކަށޭނަ ތަރުބިއްޔަތާއި ތަމްރީނުދީ، އެކުދިންނަކީ ގާނޫނަށް އިޙްތިރާމްކުރާ، އަދި އިޖުތިމާޢީ އަގުތަކަށް އިޙްތިރާމްކުރާބަޔަކަށް ހަދައިދިނުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ބޭރުގެ ފަންނީ އެހީތެރިކަން ހޯދުމަށް، ކަމާބެހޭ ބައެއް ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ސަލީމް، މިދިޔަ ހަފްތާގައި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ހާމަކުރައްވައިފި އެވެ.
 
27 ޖެނުއަރީ 2013
ހޯމްމިނިސްޓްރީގެ ވެރިންނަށް އާ އަހަރުގެ ޓާގެޓް ކަނޑައަޅާނެ ގޮތާއި އެޕްރައިޒަލް ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަރވިސް ކޮމިޝަނުންދީފި
ހޯމް މިމިނިސްޓްރީގެ ސެކްޝަން، ޔުނިޓް އަދި ޑިވިޜަން ތަކުގެ ވެރިންނާއި އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ސްޕަވައިޒަރުންނަށް ފާއިތުވި އަހަރުގެ އެޕްރައިޒަލް ފޯމްފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަވިސް ކޮމިޝަނުން ދީފިއެވެ.