20 ޖެނުއަރީ 2013
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި މިހާތަނަށް 35 ކުދިން އަނބުރާ މުޖްތަމަޢަށް ގެނެވިއްޖެ
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކުޑަކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ ޕްރޮގްރާމްތަކުގައި 42 ކުއްޖަކު ބައިވެރިވެ، 35 ކުއްޖަކު މުޖްތަމަޢުއަށް އަނބުރާ ގެނެވިފައިވާ ކަމަށް އެޔުނިޓުން ހާމަކޮށްފިއެވެ.
 
17 ޖެނުއަރީ 2013
2012 ވަނަ އަހަރު އަލަށް 120 ޖަމްޢިއްޔާ ހޯމްމިނިސްޓްރީގައި ރަޖިސްޓްރީކުރި
ވޭތުވެދިޔަ 2012 ވަނަ އަހަރު ކްލަބް ޖަމްޢިއްޔާގެ ގޮތުގައި ހޯމްމިނިސްޓްރީގައި 120 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފިއެވެ. މިގޮތުން ޖެނުއަރީ މަހު 7 ޖަމްޢިއްޔާ، ފެބްރުއަރީ މަހު 3 ޖަމްޢިއްޔާ، މާޗްމަހު 3 ޖަމްޢިއްޔާ، އޭޕްރީލް މަހު 17 ޖަމްޢިއްޔާ، މެއި މަހު 16 ޖަމްޢިއްޔާ، ޖޫންމަހު 8 ޖަމްޢިއްޔާ، ޖުލައި މަހު 11 ޖަމްޢިއްޔާ، އޮގަސްޓް މަހު 8 ޖަމްޢިއްޔާ، ސެޕްޓެމްބަރ މަހު 10ޖަމްޢިއްޔާ، އޮކްޓޮބަރ މަހު 8 ޖަމްޢިއްޔާ، ނޮވެމްބަރ މަހު 15 ޖަމްޢިއްޔާ އަދި ޑިސެމްބަރ މަހު 12 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްދެވިފައިވެއެވެ.
 
14 ޖެނުއަރީ 2013
ޤައުމީ ދުވަސް ރަސްމީކޮށް ލ. އަތޮޅު ފޮނަދޫ ގައި ފާހަގަކޮށްފި
މިނިސްޓްރީ އޮފް ހޯމްްއެފެއާޒުން އިސްނައިގެން 1434 ވަނަ އަހަރުގެ ޤައުމީ ދުވަސް ލ. އަތޮޅު ފޮނަދޫގައި ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ފޮނަދޫ ގައި ހިންގި ޙަރަކާތްތައް ފެށުނީ ގައުމީ ރޭ 8 ޖެހިއިރު ފޮނަދޫ ރައްޔިތުންގެ ފަރާތުން ދެއްވި ރޭގަނޑުގެ ޖާފަތަކުންނެވ.
 
14 ޖެނުއަރީ 2013
ހޯމްމިނިސްޓްރީއާއި އުތީމު ކައުންސިލް ގުޅިގެން ޤައުމީ ދުވަސް އުތީމު ގައި ފާހަގަކޮށްފި
ހއ.އުތީމު ކައުންސިލާއި ހޯމްމިނިސްޓްރީ ގުޅިގެން 1434 ވަނަ އަހަރުގެ ޤައުމީ ދުވަސް އުތީމްގައި ފާހަގަކޮށްފިއެވެ. އާދީއްތަ ދުވަހު ހެނދުނު 6 ޖެހިއިރު ދިވެހި ގައުމީ ދިދަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ނަންގަވާދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝަފީޢުއެވެ.
 
26 ޑިސެމްބަރ 2012
ޤައުމީ ދުވަހުގެ ރަސްމިއްޔާތު ލ.ފޮނަދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ
1434 ވަނަ އަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން ލ. ފޮނަދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ލ.އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލް ގުޅިގެން މިހާރު ދަނީ މިރަސްމިއްޔާތާ ގުޅޭ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.