01 އޭޕްރީލް 2013
ކުރޫގާ ވެލާނާ ފުޓްސެލް ކަޕް 2013 ފެށިއްޖެ
ހޯމް މިނިސްޓްރީގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގެ ވެލާނާކަޕް 2 ރޭ މާފަންނު ސްޓޭޑިއަމްގައި ފެށިއްޖެއެވެ. މިމުބާރާތް ހުޅުވައި ދެއްވީ ހޯމްމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއެވެ.
 
28 މާރޗް 2013
ވެލާނާފުޓްސެލް މުބާރާތް މިމަހު 31 ބާއްވާ ގޮތަށް ހަމަޖެހިއްޖެ
ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުންގެންދާ ވެލާނާ ފުޓްސެލް މުބާރާތް މިމަހުގެ 31 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. މިމުބާރަތަކީ ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން ގެންދާ މުބާރާތެކެވެ.
 
28 މާރޗް 2013
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝޭލް ޖޭ ސިސޯން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުމާބެހޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.
 
25 މާރޗް 2013
ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރާ ހޯމްމިނިސްޓަރ ޑރ. ޖަމީލު ބައްދަލުކުރައްވައިފި
ޕާކިސްތާނު ސާރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު، މިސްޓަރ މުޙަންމަދު ސަޢީދު ޚާންއާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.
 
21 މާރޗް 2013
ޖަލުގައި ތިބި ގައިދީން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ގޮވާލައްވައިފި
ރާއްޖޭގެ މުޖްތަމަޢު އިޞްލާޙުކުރުމަށާއި ގައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި އެއްފަރާތަށް ވުރެ ގިނަފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.