24 ޖުލައި 2013
މިއަހަރުގެ މިނިވަންދުވަހުގެރޭ، ދިދަނެގުމުގެ ރަސްމިއްޔާތުގައި ޢިއްޒަތް އެރުވުން އޮންނާނެ
މިއަހަރުގެ މިނިވަންދުވަހުގެރޭ ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުންދޭ އެންމެމަތީ ޝަރަފުގެ އިޢްޒަތް އެރުވުން ޖުލައި 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.
 
30 ޖޫން 2013
މަދަނީ ތައުލީމުގެ ޤައުމީ ކެމްޕޭންގެ ދަށުން ޢާއިލީ ހަވީރެއް ބާއްވަައިފި
ހޯމް މިނިސްޓްރީ ފަރާތުން މަދަނީ ތައުލީމުގެ ޤައުމީ ކެމްޕޭންގެ އަމާންވެށި ޕްރޮގްރާމްގެ ދަށުން ޢާއިލީ ހަވީރެއް ބާއްވައިފިއެވެ. މިޢާއިލީހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކުން ބައިވެރިވިއެވެ.
 
27 ޖޫން 2013
ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިއްޖެ
މިމިނިސްޓްރީ ފަރާތުން އަމާންވެށި ޕްރޮގްރާމްގެ ދަށުން ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިޢާއިލީހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކުން ބައިވެރިވާނެއެވެ.  މިހަވީރުގެ މަޤްސަދަކީ އާއިލާތައް އެކުވެރިކަމާއެކު އެއްބައިވަންތަކަމާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ.
 
19 ޖޫން 2013
ރައްޔިތުންގެ އިމާރާތްތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފި
ރައްޔިތުންގެ ޢިމާރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާމީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފިއެވެ. އެއިޢުލާންގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ ޢިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާރުތަކުގައާއި ޢާންމު ރައްޔިތުންގެ އިމާރާތްތަކާއި ގޭގޭގެ މަގުމަތީ ފާރުތަކުގައި އެފަރާތްތަކުގެ ހުއްދަނެތި ކުލައާއި ދަވާދުލުމާއި، އެކިއެކި ފަރާތްތަކުގެ ލޯގޯއާއި ތަފާތު ލިޔުންތައް ލިޔެމުންގެންދާކަން ވަނީ ފާހަގަކުރެވި، ގިނަ ފަރާތްތަކުގެ ޝަކުވާ ލިބިފައިކަމަށެވެ.
 
09 ޖޫން 2013
ހާކްގެ ފަރާތުން ހެލްތް ޑޭ ފާހަގަކޮށްފި
ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބްގެ ފަރާތުން ޑައިބެޓިކް ސޮސައިޓީއާއި ގުޅިގެން މިމިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހެލްތު ޑޭ އެއް ފާހަގަކޮށްފިއެވެ. މިހެލްތު ޑޭގެ މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ހަކުރުބަލި ޖެހުމުގެ ނުރައްކާބޮޑީ ކޮންބަޔަކަށްތޯ ބެލުމާއި ހަކުރުބަލީގެ މީހުންނަށް ބައްޔާއިއެކު އާދައިގެ ދިރިއުޅުމަށް އެހީވެދިނުމެވެ.