01 އޮކްޓޯބަރ 2012
ސާރކް ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުން ރަސްމީކޮށް އިފްތިތާހްކޮށްފި
ސާރކް ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ކޮންފަރެންސް ރަސްމީކޮށް ރާއްޖޭގައި މިއަދު އިފްތިތާހްކޮށްފިއެވެ. ސާރކްގެ 8 ޤައުމަކުން 65 މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ރަސްމީކޮށް އިފްތިތާހު ކުރުން އޮތީ މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ.
 
01 އޮކްޓޯބަރ 2012
ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ފެށިއްޖެ
ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ. މިޓްރޭނިންގ ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ތަރުބިއްޔަތުކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ.
 
26 ސެޕްޓެމްބަރ 2012
ސާކް ޤައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމާއި އިންޓީރިއަރ ހޯމް ސެކެޓްރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ރަސްމީ ފަރިއްކޮޅެއް ދެއްވައިފި
ރާއްޖޭގައި ފެށޭ ސާކު ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ދާޚިލީ ވަޒީރުންނާއި ސާކް ޤައުމުތަކުގެ އިންޓީރިއާ ހޯމް ސެކެޓްރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބޭފުޅުންގެ ޝަރަފުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޑރ.
 
25 ސެޕްޓެމްބަރ 2012
ސާކް އިންޓީރިއާ ހޯމް ސެކްރެޓަރީޒް 5 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
ސައުތު އޭޝިއާގެ ޤައުމުތަކުގެ އިންޓީރިއާ ހޯމް ސެކްރެޓަރީޒްގެ 5 ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ބާއްވައިފިއެވެ. ބަންޑޮސް އައިލެންޑް ރިސޯޓްގެ އޯކިޑް މާލަމުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސާކްގައި ހިމެނޭ މެމްބަރު 8 ޤައުމުން 53 މަންދޫބަކު ވަނީ ބައިވެރިވެފައެވެ.
 
25 ސެޕްޓެމްބަރ 2012
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސާރކް ބައެއް ޤައުމުތަކުގެ ހޯމް މިނިސްޓަރުންނާއި ބައްދަލުކުރައްވައިފި
ސާރކް ޤައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބައެއް ޤައުމުތަކުގެ ހޯމް މިނިސްޓަރުންނާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ބައްދަލުކުރައްވައިފިއެވެ.