11 ނޮވެމްބަރ 2017
ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވައިފި ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮތީ މިރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދުވެސް މިޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ.
03 ނޮވެމްބަރ 2017
މިއަދަކީ ނަޞްރުގެ ދުވަސްމިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. އާދެ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއެކެވެ.