19 ޑިސެމްބަރ 2013
މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ
ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަލްފާޟިލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިޑިސެމްބަރ މަހު ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދާ ދެތަނެއް ފުލުހުން އަތުލައިގަތުމާއި ގުޅިގެން ފުލުހުންނަށް ބޭއްވީ ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
15 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމްއެފެއަރޒް ދ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރު ދ.އަތޮޅުގެ ރަށްތަކަށް ހަފްތާ ބަންދުގައި ދަތުރުފުޅެއްކުރައްވައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދ.
 
05 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމް އެފެއާޒް ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރާ ހަވާލުކުރައްވައިފި.
05 ޑިސެމްބަރ- މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު 4 ޑިސެމްބަރ ން 9 ޑިސެމްބަރ 2013 ށް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން ، މިދަތުރުފުޅު ނިންމަވާފައި އެނބުރި މާލެ ވަޑައިގަންނަވަންދެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލް ޢާފޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.
 
04 ޑިސެމްބަރ 2013
ލޯކަލް ކައުންސިލްތަކުގެ އިންތިޙާބަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާސަރުކާރުގެ 100 ދުވަހުގެ މަސައްކަތުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.
04 ޑިސެމްބަރ- 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އާސަރުކާރުގެ 100 ދުވަހުގެ މަސައްކަތުގެ ތެރެއިން އާރު،ޓީ،އައި ސެކްޝަނުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
 
03 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމް އެފެއާޒް މާދަމާ ތުރުކީއަށް ފުރާވަޑައިގަންނަވާނެ.
03 ޑިސެމްބަރ- މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މާދަމާތުރުކީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިނިސްޓަރގެ މިދަތުރުފުޅަކީ ޓެރެރިޒަމާ އަދި ކުއްތަކާބެހޭ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.