28 ޑިސެމްބަރ 2013
އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ "އެންމެން އެކުގާ" ސާފުކުރުމުގެ ޙަރަކާތް ފެށިއްޖެ

 

25 ޑިސެމްބަރ 2013
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 10:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ. މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވާހަކަފުޅު ދައްކަވާނެއެވެ.
 
23 ޑިސެމްބަރ 2013
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗަރޓުގައި ހިމެނޭ ޒުވާނުންނަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ހޯމް މިިނިސްޓްރީގެ ސިޔާސަތުތައް ހާމަކޮށްފި
އާސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަގުޗަރޓް އިފްތިތާޙްކުރައްވައިފިއެވެ. ޑިސެމްބަރ 22 ވަނަ ދުވަހުގެ ރޭ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ޖަލުތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އަދި ކުށްކުރުން ހުއްޓުވުމަށްޓާކއި ރާއްޖޭހެ ކޮންމެ ރަށެއްގެ ފުލުހުންގެ ޚިދްމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.
 
22 ޑިސެމްބަރ 2013
ހޯމް މިނިސްޓްރީގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށިއްޖެ
މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިއަދު ފެށިއްޖެއެވެ. މިގޮތުން، މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ސެކްޝަންތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވަރަށް ފޯރިއާއެކު ކުރިއެވެ.
 
22 ޑިސެމްބަރ 2013
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން ހިންގުމަށް ކަނޑައަޅާ މަގު ޗާރޓު މިރޭ އިޢުލާން ކުރުން
އާސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީގެ ދާއިރާއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަގު ޗަރޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރަސްމިއްޔާތު އޮންނާނީ ފުލުހުންގެ މަރުކަޒެއް ކަމުގައިވާ އިސްކަންދަރި ކޮށީގައި މިރޭ 9 ޖަހާއިރެވެ.