12 ޖެނުއަރީ 2014
ޗައިނާގެ ސަފީރު ހޯމް މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވޮން ފުކާންގ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.
 
09 ޖެނުއަރީ 2014
ޖުވެނައިލް ޖަސްޓިސްޓްރޭނިންގ މޮނިޓަރިންގ އިންޕެކްޓް އެސެސްމެންޓް ހެދުމުގެ ބައްދަލުވުންތައް ބާއްވައިފި
ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޖުވެނައިލް ކޯޓް ގުޅިގެން ހިންގި "ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ" ގެ މޮނިޓަރިން އިންޕެކްޓް އެސެސްެމެންޓް ހެދުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިބައްދަލުވުންތައް ބޭއްވުނީ ލ.
 
06 ޖެނުއަރީ 2014
މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްފި
މިނިސްޓްރީ އޮފް ހޯމްްއެފެއާޒުން އިސްނައިގެން 1435 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއޮތީ ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނު ގައެވެ. މިޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ.
 
05 ޖެނުއަރީ 2014
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ޤައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ބާއްވައިފިއެވެ. ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބް (ހާރކް) ގެ ފަރާތުން އިންތިޒާމްތައް ހަމަޖެއްސި މިޢާއިލީ ހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކުންނާއި އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ބައިވެރިވިއެވެ.
 
30 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރަށް މަޖިލީހުންެ ރުހުން ދީފި
ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ. މިގޮތުން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 41 މެމްބަރުން ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވިއެވެ.