05 ޖެނުއަރީ 2014
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ޤައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ބާއްވައިފިއެވެ. ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބް (ހާރކް) ގެ ފަރާތުން އިންތިޒާމްތައް ހަމަޖެއްސި މިޢާއިލީ ހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކުންނާއި އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ބައިވެރިވިއެވެ.
 
30 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރަށް މަޖިލީހުންެ ރުހުން ދީފި
ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ. މިގޮތުން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 41 މެމްބަރުން ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވިއެވެ.
 
30 ޑިސެމްބަރ 2013
ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ހޯމްމިނިސްޓްރީއާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
އެލް.ޖީ.އޭ އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާ ދެމެދު މަޢުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ހޯމް މިނިސްޓްރީގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނާޒިމްއެވެ.
 
28 ޑިސެމްބަރ 2013
އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ "އެންމެން އެކުގާ" ސާފުކުރުމުގެ ޙަރަކާތް ފެށިއްޖެ

 

25 ޑިސެމްބަރ 2013
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 10:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ. މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވާހަކަފުޅު ދައްކަވާނެއެވެ.