14 ޖެނުއަރީ 2014
އެމް ބީ ސީ ގެ ކޮމިޝަންގެ ރައީސާއި މެންބަރުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙަންމަދު ޝަހީބާއި އެކޮމިޝަނުގެ ބައެއް މެންބަރުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެމްބީސީގެ ޤާނޫނުގެ ދަށުން ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި ކޭބަލް ޓީވީ ހިންގާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާއިރު ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
 
12 ޖެނުއަރީ 2014
މާލޭސިޓީ ކައުންސިލްގެ މޭޔަރ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލާ މައިޒާން އަލި މަނިކު މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި މާލޭ ސިޓީ ކައުންސިލަށް މިހާރު ދިމާވެފައިވާ ދަތިތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
 
12 ޖެނުއަރީ 2014
ޗައިނާގެ ސަފީރު ހޯމް މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވޮން ފުކާންގ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.
 
09 ޖެނުއަރީ 2014
ޖުވެނައިލް ޖަސްޓިސްޓްރޭނިންގ މޮނިޓަރިންގ އިންޕެކްޓް އެސެސްމެންޓް ހެދުމުގެ ބައްދަލުވުންތައް ބާއްވައިފި
ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޖުވެނައިލް ކޯޓް ގުޅިގެން ހިންގި "ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ" ގެ މޮނިޓަރިން އިންޕެކްޓް އެސެސްެމެންޓް ހެދުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިބައްދަލުވުންތައް ބޭއްވުނީ ލ.
 
06 ޖެނުއަރީ 2014
މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްފި
މިނިސްޓްރީ އޮފް ހޯމްްއެފެއާޒުން އިސްނައިގެން 1435 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއޮތީ ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނު ގައެވެ. މިޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ.