06 މާރޗް 2014
އިޞްލާހުކުރުމަށްޓަކައި ކުޑަކުދިން މުޖުތަމަޢުން އެކަހެރިކުރުމާއިބެހޭ ގަވާޢިދު ގެޒެޓްކޮށްފި
އިޞްލާޙުކުރުމަށްޓަކައި ކުޑަކުދިން މުޖްތަމަޢުން އެކަހެރިކުރުމާއި ބެހޭ ޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެެވެ. މިގަވާއިދަކީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނޫ) ގެ 8 ވަނަ މާއްދާ ތަންފީޒުކުރުމަށްޓަކައި ހެދިފައިވާ ގަވާއިދެކެވެ.
 
23 ފެބްރުއަރީ 2014
ބާރަށާއި ކެލާގެ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުވައިދެއްވަައިފި
ހއ. ބާރަށާއި އެއަތޮޅުގެ ކެލާ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފިއެވެ. މިދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
 
19 ފެބްރުއަރީ 2014
ރ. އިނގުރައިދޫ އާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުވައިދެއްވަައިފި
ރ. އަތޮޅު އިނގުރައިދޫއާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެދެރަށުގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ. މިދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރެވެ.
 
18 ފެބްރުއަރީ 2014
ހޯމް މިނިސްޓަރ އުތުރުގެ 5 އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ހދ. ށ. ނ. ރ. ބ މި 5 އަތޮޅުގެ ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިމަހުގެ 18 ން 22 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ފުލުހުންގެ ފަސް މަރުކަޒެއް މިނިސްޓަރ ހުޅުއްވައިދެއްވާނެއެވެ.
 
16 ފެބްރުއަރީ 2014
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ބައްދަލުވުންތަކެއް ވ. އަތޮޅުގައި ބާއްވައިފި
ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ވ. އަތޮޅުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިފެބްރުއަރީ މަހުގެ 9 ން 12 އަށް ހިންގި މިޕްރޮގްރާމްގައި ވ.