28 މާރޗް 2019
ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ އަލުން އެކުލަވާލާ، ފުރަަތަމަ ބައްދަލުވުން ބާއްވައިފި
ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ އަލުން އެކުލަވާލާ، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބާއްވައިފިއެވެ. މިކޮމިޓީއަކީ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ (ކެޓް) އަދި އެކޮންވެންޝަންގެ އޮޕްޝަނަލް ޕްރޮޓޮކޯލް (އެޕްކެޓް)ގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމް ކަންތައްތައް ޤައުމީ ފެންވަރެއްގައި ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
 
27 މާރޗް 2019
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާސަފީރާ ބައްދަލުކުރައްވައިފި
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނެވެ.
 
24 މާރޗް 2019
އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީ މުޖުތަމައުއަށް ފައިދާހުރި މީހަކަށްވުން - ހޯމް މިނިސްޓަރ
އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީވެސް މުޖުތަމަޢުއަށް ފައިދާހުރި މީހަކަށްވުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް އިފްތިޠާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
 
24 މާރޗް 2019
މާފުށި ޖަލުގައި އުރީދޫ ސްމާޓް ކެމްޕަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިޠާހުކޮށްދެއްވައިފި
މާފުށީ ޖަލުގައި ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް މިއަދު ތަޢާރަފްކޮށްފިއެވެ. ސްމާޓް ކެމްޕަސް އިފްތިޠާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މިއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، އުރީދޫ މޯލްޑިވްސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ތަޢާރަފްކުރި ޚިދުމަތެކެވެ.
 
21 މާރޗް 2019
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހދ.އަތޮޅު ސްޓޭޓް ހައުސް ހުޅުއްވައިދެއްވައިފި
ހދ.އަތޮޅު ސްޓޭޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށްފަހު ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.