21 ޖުލައި 2019
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު މިނިވަންދުވަހު ފުޅަނދުބުރު އޮންނާނެ
މިއަހަރުގެ މިނިވަންދުވަހު ފުޅަނދުބުރު އޮންނާނެއެވެ. ފުޅަނދުބުރު މިނެރެނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ފުޅަނދުބުރު އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު (އަންނަ ހޮނިހިރު) ދުވަހުގެރޭ މާލޭގެ ބޮޑަތި މަގުތަކުގައެވެ.
 
07 ޖުލައި 2019
އެލައިޑް އިންޝުއަރެންސް އިން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
އެލައިޑް އިންޝުއަރެންސް އިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް، މަޢުލޫމާތު ދިނުމުގެގޮތުން މިއަދު ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ – އަޔާދީ ތަކަފުލްއިން އިސްލާމިކް އިންޝުއަރެންސާބެހޭގޮތުން މިނިސްޓްރީ ތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ހިންގަމުންދާ ހޭލުންތެރި ކުރުމުގެ ސެޝަންތަކުގެ ތެރެއިން، މިމިނިސްޓްރީގައި ބޭއްވުނު ސެޝަނެކެވެ.
 
22 ޖޫން 2019
މާފުށި ޖަލުގައި ހިނގި ހާދިސާ ތަހުޤީޤުކޮށް ނިމެންދެން އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑްކުރަން ހޯމް މިނިސްޓަރ އަންގަވައިފި
މިމަހުގެ 20 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގި ހާދިސާ ތަހުޤީޤުކޮށް ނިމެންދެން، އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ ސަސްޕެންޑްކުރަން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އަންގަވައިފިއެވެ.
 
19 ޖޫން 2019
ފިޠުރު ޢީދުގެ ޢީދު ހަދިޔާ ޖެންޑަރ މިނިސްޓްރީ އަދި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑާއި ޙަވާލުކޮށްފި
ފިޠުރު ޢީދުގެ ޢީދު ހަދިޔާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އާއި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑާއި ޙަވާލުކޮށްފިއެވެ. މިހަދިޔާތަކަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ޢީދު ހަދިޔާ ދިނުމަށްޓަކައި މިމިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތް މޫސުން ތަންނުދިނުމުގެ ސަބަބުން އެދުވަހު ކުރިއަށް ގެންދެވިފައިނުވާތީ، އެކަމަށް ތައްޔާރުކުރި ހަދިޔާތަކެވެ.
 
13 ޖޫން 2019
މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ފައްޓަވައިދެއްވައިފި
މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް މިރޭ ފަށައިފިއެވެ. ފޯރަމް ފެށުމަށް ހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެއެވެ.