މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ތެރޭގައި ހިމެނޭ “ޒިންމާދާރު ރައްޔިތުން” ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތައް ތައްޔާރުވުމުގެ މަސައްކަތް ފެށިއްޖެ.
މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ދަށުން “ޒިންމާދާރު ރައްޔިތުން” ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން، ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތް ކަމުގައިވާ “ޢާއިލީ ހަވީރު” ބޭއްވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުންހިނގާ އިދާރާތަކުގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ޓްރޭނިންގ ކޯހެއް ބާއްވައިފި
މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުންހިނގާ އިދާރާތަކުގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ޓްރޭނިންގ ކޯހެއް ބާއްވައިފިއެވެ. 5 މެއި 2012 ވީ ހޮނިހިރު ދުވަހު އީޑީސީގެ ސެމިނަރ ރޫމުގައި ކުރިއަށް ގެންދިޔަ މިކޯހުގައި 16 ފަރާތުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ.
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދާ ބެހޭގޮތުން ހަވީރު ނޫހުގެ މުވައްޒަފުންނަށް މަޢުލޫމާތު ދެއްވައިފި.
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދާ ބެހޭގޮތުން މީޑިޔާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ހަވީރު ނޫހުގެ އިދާރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް 07 މެއި 2012 ވީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ހަވީރު ނޫހުގެ އިދާރާގައި ކުރިއަށް ގެންގޮސްފިއެވެ.
މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފައިގެން ހިންގާ ބައެއް ފަރާތްތަކާ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ މުޙައްމަދު ޖަމީލު އާ ބައްދަލުކުރަށްވައިފި.